މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓް މާލެ ގެނެސްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓް މާލެ ގެނެސްފި އެވެ. "އެމްއެސްއެސް ގެލީނާ" ގެ ނަން ދީފައިވާ މި ބޯޓު މާލެ ގެނަ...

23 Nov 2021 | 07:58

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓް މާލެ ގެނެސްފި އެވެ.

"އެމްއެސްއެސް ގެލީނާ" ގެ ނަން ދީފައިވާ މި ބޯޓު މާލެ ގެނައީ އަންގާރަ ދުވަހު އެވެ.

އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ބޯޓް ރާއްޖެ ގެނައުމަށްފަހު، ސްރީލަންކާގެ ޑޮކްޔާޑަށް ބޯޓް ގެންދިޔައީ ރީބްރޭންޑްކުރުމަށެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުގައި ވެސް ރާއްޖެ އައިސްފައިވަނީ ފުލް ކާގޯއާއެކުގަ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އުފައްދާފައިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ކުންފުނީގެ ފުރަތަމަ ބޯޓް އެ އަހަރުގެ އޭޕްރީލްމަހުގެ 5 ވަނަ ދުވަހު ރާއްޖެގެނެސް ޚިދުމަތް ފަށާފައިވާއިރު، ސްރީލަންކާއާ ރާއްޖެއާ ދެމެދު ކޮންމެ ދިހަ ދުވަހަކުން ދަތުރެއް ކުރެއެވެ.

އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓްގެ ކްރޫއިންގެ 99 އިންސައްތައަކީ ދިވެހިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް