އެމްއައިޓީއަކީ ދިވެހި ޒުވާނުން ތަފާތު މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ތަމްރީންކޮށް ދިނުމުގައި 2005 އިން ފެށިގެން ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.
އެގޮތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ފެންވަރުގެ ތަފާތު ލެވެލް 1 އިން ފެށިގެން ލެވެލް 6 އާއި ހަމައަށް ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. އަހަރަކު ދެ ސެމެސްޓަރ އަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމްގެ ތެރޭގައި އެންޖިނިއަރިން ދާއިރާގެ ޕްރޮގްރާމްތަކުން ފެށިގެން އެޑްމިނިސްޓްރޭޝަން ދާއިރާ އަދި ޓުއަރިޒަމް ދާއިރާގެ ޕްރޮގްރާމްތައް ހިމެނެއެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ތަފާތު 12 ދާއިރާއެއް ހިމެނެއެވެ.
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިން
- ސިވިލް އެންޖިނިއަރިން
- މެކޭނިކަލް އެންޖިނިއަރިންގ
- ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ
- ލޭންޑް ސަރވެއިންގ
- އިލެކްޓްރިކަލް އިންސްޓަލޭޝަން
- މެކޭނިކަލް ޓެކްނީޝަން
- އައިޓީ އެންޑް ކޮމިއުނިކޭޝަންސް
- ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން
- ބިލްޑިންގެ ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް
- ޓްރާންސްޕޯޓް ސެކްޓަރ
- ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާ
މިޕްރޮގްރާތަކުގެ ތެރޭގައި ދިވެހި ޒުވާނުންގެ މަޤްބޫލްކަން ހޯދަމުންއަންނަ އެއް ޕްރޮގްރާމް ކަމުގައިވާ ރަންރިހިން ގަހަނާ ފަރުމާކުރުމާއި އުފައްދަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.
ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު އެމްއައިޓީގެ ވެބްސައިޓް www.mit.edu.mv އިން ނުވަތަ އެމްއައިޓީގެ ނަންބަރު 3308644 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ތިރީގައިވާ ލިންކުގައި ވާ ގޫގުލް އެޕްލިކޭޝަން ފޯމް މެދުވެރިކޮށް ކޯސްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.
https://docs.google.com/forms/d/e/1FAIpQLSfvFLmMslSn4ikYgD_HjHpipf-MgARFZm6NTevnnBd7WeoAtw/viewform
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް