ފީފާ އިން ހޮވާ "ދަ ބެސްޓް" އެވޯޑަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިއުލާން ކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ދޭ "ދި ބެސްޓް އެވޯޑް" އަށް ނޮމިނޭޓްވި ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިޢުލާންކޮށްފިއެވެ. މި އެވޯޑް...

23 Nov 2021 | 06:14

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ދޭ "ދި ބެސްޓް އެވޯޑް" އަށް ނޮމިނޭޓްވި ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިޢުލާންކޮށްފިއެވެ.

މި އެވޯޑްގެ ރަސްމިއްޔާތު އޮންލައިންކޮށް ބާއްވަން ހަމަ ޖެހިފައިވާއިރު، މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.

ފަސް ކެޓަގަރީއަކަށް ބަހާލައިގެން ދޭ މި އެވޯޑް އަކީ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ އާއި، އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އަންހެން ކޯޗު އަދި އެންމެ މޮޅު ފިރިހެން ކޯޗަށްދޭ ފީފާ "ދަ ބެސްޓް" އެވޯޑެވެ. މީގެއިތުރުން އެންމެ މޮޅު ގޯލް ކީޕަރުވެސް އަންހެން އަދި ފިރިހެން ދެ ކެޓަގަރީއިން ވަކިން ހޮވާނެއެވެ.

ކޮންމެ ކެޓަގަރީއަކުންވެސް ކުޅުންތެރިން ހޮވަނީ އެކަމަށްޓަކައި އެކުލަވާލާފައިވާ އަންހެން އަދި ފިރިހެން ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ހާއްސަ ޕެނަލް އަކުންނެވެ. އެ ޕެނަލްގައި ހިމެނޭ ބައެއް ފަރާތްތަކުގެ ތެރޭގައި، އެނިއޯލާ އަލޫކޯ، އެމީ ބައިރަނީ، މާޓާ ޓެޖެޑޯރ، ޓިމް ކަހިލް، ޑޭވިޑް ޓްރެޒެގުއެޓްގެ އިތުރުން އެލެކްސީ ލާލާސް ހިމެނެއެވެ.

ވަކި އިންސައްތައެއް އާންމުންގެ ވޯޓަށްވެސް ހުޅުވާލައިގެން ދޭ މި އެވޯޑުގައި އާންމުންނަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޮންމެ ކެޓަގަރީއެއްގެވެސް ތިން ފައިނަލިސްޓުން ހޮވާއިރު، މި އެވޯޑިގެ ފައިނަލިސްޓުން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ކޮޅުގައެވެ.

ފީފާ "ދި ބެސްޓް" އެވޯޑަށް ނޮމިނޭޓް ވެފައިވާ ފިރިހެން ކުޅުންތެރިންނަކީ ކަރިމް ބެންޒެމާ (ފްރާންސް / ރެއާލް މެޑްރިޑް)، ކެވިން ޑިބްރޫނާ ( ބެލްޖިއަމް / މެންޗަސްޓަރ ސިޓީ)، ކްރިސްޓިއާނޯ ރޮނާލްޑޯ ( ޕޯޗުގަލް / މެންޗަސްޓަރ ޔުނައިޓެޑް) ، ރޮބާޓް ލެވަންޑޮސްކީ (ޕޮލެންޑް/ ބަޔާން މިއުނިކް)، ލިއޮނެލް މެސީ ( އާޖެންޓީނާ / ޕީއެސްޖީ)، ނޭމާ (ބްރެޒިލް / ޕީއެސްޖީ)، އާލިންގ ބްރައުޓް ހާލަންޑް (ނޯވޭ / ބޮރޫޝިއާ ޑޯޓްމަންޑް)، ޖޯޖީނިއޯ (އިޓަލީ / ޗެލްސީ)، އެންގޯލޯ ކާންޓޭ (ފްރާންސް / ޗެލްސީ)، ކިލިއަން އެމްބާޕޭ (ފްރާންސް / ޕީއެސްޖީ)، މުހައްމަދު ސަލާހް (މިސްރު / ލިވަޕޫލް) އެވެ.

އެންމެ މޮޅު ފިރިހެން ކޯޗުންގެ ބައިން ނޮމިނޭޓް ވެފައިވަނީ އެންޓޯނިއޯ ކޮންޓޭ ( / އިންޓަރ / ޓޮޓެންހަމް ހޮޓްސްޕަރ)، ހަންސީ ފްލިކް (ޖަރުމަނު / ބަޔާން މިއުނިކް)، ޕެޕް ގާޑިއޯލާ (މެންޗަސްޓަރ ސިޓީ)، ރޮބާޓޯ މަންޗީނީ (އިޓަލީ)، ލިއޮނެލް ސެބާސްޓިއަން ސްކަލޯނީ (އާޖެންޓީނާ)، ޑިއޭގޯ ސިމިއޯން (އެތްލެޓިކޯ މެޑްރިޑް)، ތޯމަސް ޓުޗޭލް (ޗެލްސީ) އެވެ.

އެންމެފަހުން 2020 ވަނަ އަހަރު ދިން މި އެވޯޑް ހާސިލް ކޮށްފައިވަނީ ރޮބާޓް ލެވަންޑޮސްކީއެވެ. އަދި އެންމެމޮޅު ކޯޗަކަށް ހޮވިފައިވަނީ ޔާގެން ކްލޮޕް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް