ރޭ ފެށި މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޗަންގެ ފުރަތަމަ މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފި އެވެ.
މި މެޗު އެޓީމުން ކާމިޔާބުކުރީ ޒެނިތް ސްޕޯޓްސް ކްލަބާ ވާދަކޮށް 79 ޕޮއިންޓު 29 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ގްރީން ސްޓްރީޓްސްގެ އައިމިނަތު ރީމް ޝާމް އެވެ.
ރޭ ދެ ކުޅުނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އާއި ސްކައިލާރކް އެވެ. މި މެޗު 58 ޕޮއިންޓު 1 ޕޮއިންޓުގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ކޭވައިއާރްސީ އެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޭވައިއާރްސީ ގެ ހުސައިން ޝަވީލް އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގައި އަންހެން 9 ޓީމު ބައިވެރިވެފައިވާ އިރު، އެޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. އެގޮތުން 19:45 ގައި ބައްދަލުކުރާނީ ކޭވައިއާރްސީ އާއި ޔޫތް ޔުނައިޓެޑެވެ. ދެވަނަ މެޗުގައި 21:30 ގައި ބައްދަލުކުރާނީ ކްލަބް މެޓްރިކްސް އާއި ޝައިނިންގ ސްޓާރ އެވެ.
މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު އޮތް އިރު، ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދިފަ އެވެ.
މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެ ކަމަށާއި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް