އިންޑިއާ ފިރިހެނަކު އަނބިމީހާއަށް ތިން އަހަރުން ތާޖް މަހަލްއެއް އަޅައިދީފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބުރްހަމްޕޫރުގެ ފިރިހެނަކު އަނބިމީހާއަށް ތާޖް މަހަލްއެއް އަޅައިދީފި އެވެ. ތާޖް މަހަލް އަޅައި ދީފައިވަނީ އުމުރުން 52 އަހަރުގެ އަނަންދް ޕްރަކާޝް ޗައުކްސޭ އޭނާގެ އުމުްރުން48 އ...

23 Nov 2021 | 05:36

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބުރްހަމްޕޫރުގެ ފިރިހެނަކު އަނބިމީހާއަށް ތާޖް މަހަލްއެއް އަޅައިދީފި އެވެ.

ތާޖް މަހަލް އަޅައި ދީފައިވަނީ އުމުރުން 52 އަހަރުގެ އަނަންދް ޕްރަކާޝް ޗައުކްސޭ އޭނާގެ އުމުްރުން48 އަހަރުގެ އަންހެނުން މަންޖޫ ޝާހުއަށެވެ. އަނަންދު މީޑިއާގައި ބުނީ އަނބިމީހާ ދެކެ ވާ ލޯބި ހާމަކޮށްދީ ބުނެދިނުމަށް ހެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ތާޖް މަހަލް ފަދަ އިމާރާތެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ ތާޖް މަހަލް ކިޔާ އާ އިމާރާތުގައި ހަތަރު ކޮޓަރި ހުރެ އެވެ. އެއީ ތިރީ ފަންގިފިލާގައި ދެ ކޮޓަރިއާއި މަތީ ފަންގިފިލާގައި ދެ ކޮޓަރިއެވެ. މީގެ އިތުރުން އެ ގޭގައި ލައިބްރަރީއަކާއި ބަދިގޭގެ އިތުރުން އަރާމުކޮށް ފިކުރުތަކާއި ދުރުވުމަށް ހާއްސަ ކޮޓަރިއެއް ހުރެ އެވެ.

އެ ގެ އިމާރާތް ކުރި އިންޖިނިއަރުން ބުނީ އިމާރާާތުގެ ހުރިހާ މަސައްކަތެއް ނިންމާލީ ތިން އަހަރުން ކަމަށެވެ. އާ ތާޖް މަހަލް ހަދާފައިވަނީ ފުރަތަމަ ތާޖް މަހަލަށްވުރެ ތިރިކޮށް 29 ފޫޓު އުސްކޮށެވެ.

އަނަންދު އަންހެނުންނަށް އިމާރާތް ކޮށްދިން ތާޖް މަހަލްގައި ޖަހާފައިވަނީ އެ ތާނގައި ޖަހާފައިވާ މާބުލްއާއި ވައްތަރުގެ މަކްރާނާ މާބުލް ރާޖިސްޓާނުން ގެންގޮސްގެންނެވެ. މި ގެ އިމާރާތް ކޮށްފައިވަނީ އިންޑިއާގެ ވެސްޓްބެންގޯލް އަދި އިންދޯރުގެ އާކިޓެކްޗަރުންގެ އެހީއާއި އެކު އެވެ.

މި ގެއަށް ތާޖް މަހަލްގެ އަސްލު ސިފަ ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އިންޖިނިއަރުންގެ ޓީމުން ބުނެފައިވެ އެވެ.

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އާގްރާގައި އިމާރާތް ކޮށްފައިވާ ތާޖް މަހަލް އަކީ ޝާހް ޖަހަން އޭނާގެ އަންހެނުން މުމްތާޒް މަހަލްއަށް އިމާރާތް ކޮށްދީފައިވާ ބިނާއެކެވެ. ތާޖް މަހަލަށް އިމާރާތް ކޮށްފައިވަނީ1631 ވަނަ އަހަރު އެވެ. އެއީ ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް