ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ރަސްމީ އިންސްޓަގްރާމް ނަން ބަދަލު ކުރުމުން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމްގެ ނަމުގައި އިންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެވެ. ޖޯނަސް އަކީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ އާއިލީ ނަމެވެ.
އެކަމަކު ކުއްލިއަކަށް އިއްޔެގެ ވަގުތެއްގައި ޕްރިޔަންކާ ވަނީ ނަމުން "ޖޯނަސް" ކަނޑާލާފަ އެވެ. އެއާއެކު ގިނަ ބަޔަކު ދަނީ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހި ވަރިއަކާއި ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ވާހަކަ ދައްކަން ފަށާފަ އެވެ.
މި ވާހަކަތަކާއި ގުޅިގެން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ މީޑިއާގައި ބުނީ ޕްރިޔަންކާގެ ދެމަފިރިންގެ ގުޅުމާއި ބެހޭގޮތުން ދައްކަމުން ދަނީ ތާކުންތާކުން ނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ނަން ބަދަލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ.
ޕްރިޔަންކާގެ ނަން ބަދަލު ކުރިޔަސް ނިކްއާ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމުގެ އެއްވެސް ކަމެއް ދެމީހުންގެ ފަރާތުން ފާހަގައެއް ނުވެ އެވެ.
މިމަހުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ އަތުގައި ހުރި އެންމެ އަގުބޮޑު ރީތި ގަހަނާއަކީ ފިރިމީހާ ނިކް ދިން އެންގޭޖްމެންޓު އަނގޮޓި ކަމަށެވެ. އަދި އެހެން އޭނާ ނުބުނެފި ނަމަ ނިކް ރުޅިއަންނާނެ ކަމަށްވެސް ޕްރިޔަންކާ މަޖާ ކުރުމުގެ ގޮތުން އެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް