ކޮވިޑް-19: ފައްސިވީ މީހުންގެ އަދަދު މައްޗަށް! މިއަދު 150 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 150 މީހުން ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީމިއަދު އިއްޔެގެ 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑި...

23 Nov 2020 | 17:28

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 150 މީހުން ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީމިއަދު އިއްޔެގެ 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭހައި ރާއްޖެ އިން އިތުރު 150 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 58 ދިވެހިންނާއި 92 ބިދޭސީންނެވެ. އެއީ މާލެއިން 62 މީހުންނާއި އަތޮޅުތެރެއިން 88 މީހުންނެވެ.

ްިއިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 150 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12،758 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11،615 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 46 އަށް އަރާފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 342 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 92 މީހުންނެވެ.

މިއަދަކީ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެކްޓިވް ކޭސްގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް