އޭއެފްސީ ބްރެކެޓް ޗެލެންޖު: ފައިނަލުގެ ވޯޓުލުން އަންނަ ބުދަ ދުވަހު، ދަގަނޑޭ އަށް ވޯޓު ދޭން ތައްޔާރު ތޯ؟

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ވާދަވެރި ފައިނަލުގައި ވޯޓުލުމުގެ ފުރުސަތު އަންނަ ބުދަދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. މި ޗެލ...

23 Nov 2020 | 14:46

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ވާދަވެރި ފައިނަލުގައި ވޯޓުލުމުގެ ފުރުސަތު އަންނަ ބުދަދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

މި ޗެލެންޖުގެ ފައިނަލުގައި ވާދަކުރަނީ ހޮންކޮންގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައ ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.

ފައިނަލް ޗެެލެންޖުގައި އާބާދީބޮޑު ހޮންކޮންގެ ޗަން ސިއު ކީ އާ ދަގަނޑޭ ވާދަކުރާއިރު، އޭނާ އަކީ އެ ގައުމުގެ ތާރީހުދުއް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ދިވެހީން ދަގަނޑޭއާ އެކު މި ޗެލެންޖުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ވެސް އާބާދީ ބޮޑު ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހޮންކޮންގެ އާބާދީ އަކީ ވެސް ބޮޑު އާބާދީއެކެވެ. އެގޮތުން އެ ގައުމުގައި 7.5 މީހުންގެ އާބާދީއެއް އޮވެއެވެ. މިއީ ރާއްޖޭގެ އާބާދީއާ އަޅާ ނުކިޔޭނެ އާބާދީއެކެވެ.

ހޮންގްކޮންގް އަށް ނިސްބަތްވާ ޗަން ސިއު ކީވެސް ޗެލެންޖުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

ރާއްޖޭގެ އަލީ އަޝްފާގު ދަގަނޑޭ ކުއާޓާ ފައިނަލުގައި ވާދަ ކުރީ  ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމުގެ ކުޅުންތެރިޔާ ގުއެން ވެންކުއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލު ދަގަނޑޭ ކާމިޔާބު ކުރީ ކުޑަ ތަފާތަކުންނެވެ. އެގޮތުން ޗެލެންޖުގެ ވޯޓު ލުމުގެ ވަގުތު ހަމަވި އިރު ޕޯލްގެ ޖުމުލަ ނަތީޖާގައި ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތަ ވޯޓެވެ. އަދި ގުއެން ވެންކުއަށް ލިބިފައިވަނީ 48.55 އިންސައްތަ ވޯޓެވެ.

ސެމީ ފައިނަލުގައި ވެސް ދަގަނޑޭ ވާދަ ކުރީ ވިއެޓްނާމްގެ ކުޅުންތެރިއަކާ އެވެ.އެ ގައުމުގެ ހަނޯއީ އެފްސީގެ ގުޔެން ގުއެންޑް ހައިއާ އެވެ. ސެމީ ފައިނަލުގައި ދަގަނޑޭ ކުރި ހޯދީ ކުއާޓާ ފައިނަލުގައި ހޯދި ލީޑަށް ވުރެ ބޮޑު ލީޑެއް ހޯދައިގެންނެވެ. އެގޮތުން ސެމީ ފައިނަލުގެ ވޯޓުލުން ނިމުނު އިރު ދަގަނޑޭ އަށް ލިބިފައި ވަނީ 54.68 އިންސައްތަ ވޯޓެވެ. އަދި ގުޔެން ގުއެންޑް ހައި އަށް ލިބިފައި ވަނީ 45.32 އިންސައްތަ ވޯޓެވެ.

މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި ބުރަ މަސައްކަތުންނެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ދަގަނޑޭ މިހާ ހިސާބަށް އައިސްފައިވާއިރު، މި ކާމިޔާބީގައި ދިވެހި ރައްޔިތުންގެ ދައުރު ބޮޑެވެ. ކޮންމެ މީހަކު ވެސް ދަގަނޑޭ އަށް ވޯޓުލުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެކަން ކުރަމުން ގެންދިއުމަކީ ދިވެހީންގެ އެއްބައިވަންތަކަން މިފަދަ ކަންކަމުގައި ދައްކުވައިދޭ މިސާލެކެވެ.

އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުގައި މިހާރުވެސް ދެ ހަހާއި ގާތްކުރާ އަދަދަކަށް ސަޕޯޓަރުން ހަރަކާތްތެރިވާއިރު، ހުރިހާ ސަޕޯޓަރުން ގުޅިގެން މި ގްރޫޕުގައި އަޝްފާގުއަށް ވޯޓު ހޯދުމަށް އަންނަނީ ގިނަ ކަންކަން ރާވަމުންނެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. އެ ޓީމުގެ މުޅި ޑިފެންސް  ފޫ އަޅުވާލުމަށްފަހު މި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ ކީޕަރު ކައިރިން ވެސް ކަޓުވާފައެވެ. އެތައް ޑިފެންޑަރުންނެއް ކައިރީގައި ޖައްސާފައި ތިބި އިރުވެސް ނުހަނު ހަމަޖެހިލާފައި ފަހަރަކު ކުޅުންތެރިއެއްގެ ގާތުން ނައްޓާލާފައި ޖެހި މި ގޯލަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ގައިން ހީބިހި ނަގައިގެންދާ ގޯލެކެވެ. ދަނގަޑޭގެ މި ގޯލަކީ ދިވެހިން ބަލާފީހު ނުވާނޭ ގޯލަކަށް ވަނީ ވެގެންގޮސްފައެވެ.

ބުދަ ދުވަހު ވޯޓުލުން ހުޅުވާލާއިރު މި ޗެެލެންޖުގެ އެހެން ބުރުތަކާއި އެއްގޮތަށް ފައިނަލް ބުރުގައިވެސް ދަނގަޑޭއަށް ވޯޓު ހޯދުމަށް އެންމެން އަތުގުލާލައިގެން މައްސަތްކުރަމާ ހިނގާށެވެ. ރަނގަޅަށް ބަސައްކަތް ކުރެވިއްޖެ ނަމަ ފައިނަލްވެސް ކާމިޔާބު ވާނެކަން ޔަގީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް