ޕޮޒިޓިވްވާ މީހަކާ ކޮންޓެކްޓް ވިޔަސް އެކަހެރިވާން ނުޖެހޭގޮތަށް އިނގިރޭސި ސަރުކާރުން ނިންމައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވީ ނަމަވެސް، އެކަހެރިވާން ނުޖެހޭ ގޮތަށް ނިންމުމަށް އިނގިރޭސިވިލާތު ސަރުކާރުން ނިންމައިފި އެވެ. ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހޯމަ ...

23 Nov 2020 | 11:10

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވީ ނަމަވެސް، އެކަހެރިވާން ނުޖެހޭ ގޮތަށް ނިންމުމަށް އިނގިރޭސިވިލާތު ސަރުކާރުން ނިންމައިފި އެވެ.

ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން އެގޮތަށް އަމަލު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުން އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެނަމަ، މެދުނުކެނޑި 7 ދުވަސް ވަންދެން ޓެސްޓްތަކެއް ހަދަން ޖެހޭ އިރު، އެ މުއްދަތުގެ ތެރޭގައި އައިސޮލޭޓް ނުވެވެސް އުޅެވޭނެ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ޕައިލެޓް ޕްރޮގްރާމެއް ގޮތުގައި ހިންގާ މި މަރުޙަލާގެ ނަތީޖާތައް ކާމިޔާބުވެއްޖެނަމަ، އެ ޤައުމުގައި ލާޒިމު ކޮށްފައިވާ 14 ދުވަހުގެ ހޯމް ކަރަންޓީނުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުޅިން އުވާލެވޭނެ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުން ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އުވާލާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންސް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް