29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުމަށް ސޮއިކޮށްފި

29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުމަށް ސޮއިކޮށްފި އެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެވެ. އައުޓްޑޯރ ޖިމްގެ ...

23 Nov 2020 | 10:08

29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުމަށް ސޮއިކޮށްފި އެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެވެ.

އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ހަވާލުކޮށްފައިވަނީ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ.

ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގްއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • އއ. ހިމަންދޫ
  • އއ. އުކުޅަސް
  • އއ. ތޮއްޑޫ
  • ދ. މީދޫ
  • މ. ވޭވަށް
  • މ. ނާލާފުށި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ތ. ހިރިލަންދޫ
  • ތ. ކިނބިދޫ
  • ތ. ކަނޑޫދޫ
  • ލ. މާވަށް
  • ލ. މާބައިދޫ
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދާންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ގދ. ހޯޑެއްދޫ
  • ޏ. ފުވައްމުލައް
  • ސ. މަރަދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ-ފޭދޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް