ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޯސްފި އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެން، 11 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި މި މައް...

23 Nov 2020 | 09:43

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޯސްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެން، 11 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި މި މައްސަލައިގާ އިމްރާންއާ އެއްކޮޅަށް 53 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އަދި އިމްރާންގެ އިތުބާރު ނެތް ކަމަށް 11 މެމްބަރުން ވޯޓު ދެއްވި އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އާދައިގެ ކަމެއް ކަމަށް ސިފަވާ މޭރުމަކުން އިމްރާން ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

މި މައްސަލައިގާ މަޖިލީހަށް ވަޑައިގެން އިމްރާން މިއަދު ވިދާޅުވީ މި މައްސަލައަކީ ބަހަނާއެއް ކަމަށެވެ.

"މިއީ ނުވާ ކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް. އަދި ސަފާރީ ކޭސްގެ މައުލޫމާތު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމަކަށް އެ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާފައިވޭ." އިމްރާން ވިދާޅުވި އެވެ.

އެހެންނަމަވެސް އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޯނާއެއް، ފުރައްސާރައެއްކޮށްގެން ނުވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ގުޅެނީ ސާފުކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރަން އޭނާ އަދާކޮށްފައިވާ ދައުރާއި މެދު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް