މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 54 ޕަސެންޓު ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 75 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން ވޭވަށުގެ 60,839 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.
މީގެ އިތުރުން 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި މަޝްރޫއު އެއްކޮށް ނިމޭއިރު އެ ރަށު ބަނދަރުގެ 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާ އަށެވެ.
މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް