ޒިޔަތަށް ކުރި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއި އެކު އެއްބަސްވުން ހަދައިފި

އެމްއެމްޕީއާރުސީގެ ހިޔާނުގެ މައްސަލައިގަ ދުވާ އުފުލާފައިވާ އެ ކޯޕަރޭޝަންގެ ކުރީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާއި އެކު އެއްބަސްވުން ހަދައިފި އެވެ. ދައުލަތާ...

23 Nov 2020 | 07:37

އެމްއެމްޕީއާރުސީގެ ހިޔާނުގެ މައްސަލައިގަ ދުވާ އުފުލާފައިވާ އެ ކޯޕަރޭޝަންގެ ކުރީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާއި އެކު އެއްބަސްވުން ހަދައިފި އެވެ.

ދައުލަތާއި އެކު އެއްބަސްވުން ހެދުމަށް ފަހު ޒިޔަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ވަނީ އަނބުރާ ނަގާފައި އެވެ. ޒިޔަތާއި ދެކޮޅަށް އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުލަތުން 32 ދައުވާއެއް އުފުލާފައިވެ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ފެށީ ޅ. މާބިން ހުރާ މައްސަލައިގައި ޒިޔަތު އަށް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުމެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ ޖަލު ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންދަން އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީ ފޮނުވިކަން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ވަނީ ޔަގީންކޮށްދެއްވާފައި އެވެ. އޭނާ ވިދާޅުވީ އެ ސިޓި ފޮނުވީ އެއްވެސް ނުފޫޒެއް އަދި މަޖުބޫރުކަމެއް ނެތި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާ އަށް އޭނާ އެއްބަސްވެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފަކީ ވެސް އެކަމާ ގުޅުން ހުރި މައްސަލައަކަށް ވާތީ، ދައުވާ އަނބުރާ ގެންދިއުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ.

ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ ދައުލަތާއި އެކު އެއްބަސްވުން ހަދާފައި އެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް އެ މައްސަލަތަކުގައި އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް