ފަޅުރަށްތަކުގެ ވަރުވާ ދެއްކުމުގައި ލުއި ކޮށްދިނުމަށް ގަވައިދަށް އިސްލާހު ގެނެސްފި

ފަޅުރަށްތަކަށް ވަރުވާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފަޅުރަށްތަކާއި ބެހޭ ގަވައިދަށް އިސްލާޙު ގެނެސްފި އެވެ. އިސްލާހު ގެނެސްފައިވަނީ އެ ގަވައިދުގެ 21 ވަނަ މާއްދާގެ (ށ) އަށެވެ. އެ މާއްދ...

23 Nov 2020 | 07:28

ފަޅުރަށްތަކަށް ވަރުވާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފަޅުރަށްތަކާއި ބެހޭ ގަވައިދަށް އިސްލާޙު ގެނެސްފި އެވެ.

އިސްލާހު ގެނެސްފައިވަނީ އެ ގަވައިދުގެ 21 ވަނަ މާއްދާގެ (ށ) އަށެވެ. އެ މާއްދާ ކުރިން އޮތް ގޮތުން ފަޅުރަށްތަކުގެ ކުލި ދައްކަން ޖެހެނީ އަހަރު ދުވަހުގެ ކުލި އެއްފަހަރާ އެވެ.

އިސްލާހާއި އެކު އަހަރު ދުވަހުގެ ކުލި ހަތަރު ބުރަކަށްް ބަހާލައިގެން ދެއްކޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ. އެކަމަކު މިގޮތަށް ކުލި ދެއްކުން ބަދަލު ކުރެވޭނީ މިނިސްޓްރީ އާއި އެކު ހަދާފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ އަހަރު ދުވަހުގެ ކުލި ހަތަރު ބުރަކަށް ބަހާލައިގެން ދައްކަން ބޭނުންވާ ފަރާތްތަކުން އެކަމަށް މިނިސްޓްރީގައި ލިޔުމުން އެދުމުގެ ފުރުސަތު ހުޅުވާލާފައިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މީގެ ކުރިން ސަރުކާރުން ވަނީ ފަޅުރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދީފައި އެވެ. އެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް