ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅު "ބަގް ކުރަން" ފުލުހުން އުޅުނުކަމުގެ ތުހުމަތު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މިކަން ހާމަކުރަމުން، ނަޝީދު ވިދާޅުވީ ޖާސޫސީ އާލާތްތައް ބޭނުންކޮށްގެން އަޑުއަހަން، ފުލުހަކު މަޖިލީހުގެ އަންހެން މުވައްޒަފަކަށް ގުޅި ކަމަށާއި އެކަން އެ މުވައްޒަފު މަޖިލީހުގެ ސެކިއުރިޓީންނަށް އަންގާފައިވާކަމަށެވެ. އަދި މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، އެ މައްސަލަ ބަލަމުން އަންނަ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލިހުގެ އިދާރާގެ ކޮޓަރިތައް ބަގްކުރަން ފުލުހަކު ގުޅުމުން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފު އަމަލުކުރީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.
އެކަމަކު މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަކީ ނަޝީދު އެދިވަޑައިގެންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ތެރެއިން އެ މައްސަލަ ބަލައި ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.
އެހެންވެ، އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އަށް ފޮނުއްވަން ނަޝީދު ނިންމެވި އެވެ.
ނަޝީދު މަޖިލީހުގައި މިވާހަކަ ދެއްކެވި އިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި އިންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް