ކޮންމެވެސް ފައިދާ ހުރި ބާވަތްތަކެއް ހިމަނައިގެން ހެނދުނުގެ ނާސްތާއިން ދުވަސް ތިފެށުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ގިނަ މީހުން އެނދުން ފުންމާލާ ގޮތަށް ތެޅިފޮޅެމުން ދަނީ އޮފީހަށެވެ. ދުވަހުގެ ނާސްތާ ނުނަގައެވެ. މިއީ ވަރަށް ގިނަ މީހުން ހަދާ ގޯހެކެވެ. ހެނދުނުގެ ސައި ފަރުވާ ކުޑަކޮށްލާފައި ދޫކޮށްލެވެނީ އެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެން ނުހަދާށެވެ. ވަގުތު އޮއްވާ ތައްޔާރު ވާށެވެ. ފައިދާ ހުރި ހެދުނުގެ ނާސްތާއަކުން ދުވަސް ފައްޓަމާ ހިނގާށެވެ.
ހެނދުނު ސަޔަށް ބޭނުން ކުރާނެ ސިއްހަތަށް ފައިދާކުރާނެ އަދި ތައްޔާރުކޮށްލަން ލުއި ދެތިން އެއްޗަކަށް ބަލާލަމާ ހިނގާށެވެ.
މާބޮޑަށް ނުވިސްނާށެވެ. ހާސްވެގެން ނޫޅޭށެވެ. މިއީ އޮފީހުގައިވެސް ތައްޔާރުކޮށްލެވޭނެ ފަދަ އެއްޗެއްސެވެ. އެންމެ ފުރަތަމަ އަޖުމަ ބަލާލަން ބަނާނާ އެންޑް އެލްމަންޑް ބަޓާ ޓޯސްޓް ތައްޔާރުކޮށްލަ ބަލާށެވެ. ތައްޔާރުކޮށްލަން ލުއި ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. މާގިނަ އެއްޗެއްވެސް ވަގުތެއްވެސް ބޭނުމެއް ނުވާނެ އެވެ. ޕާން ފޮތި ޓޯސްޓު ކޮށްލާފައި އޭގައި ރަނގަޅަށް އަލްމަންޑް ބަޓާ އުނގުޅާލާފައި ދޮންކެޔޮވެސް ފޮތިފޮތިކޮށް ކޮށާފައި އަތުރާލީމަ ނިމުނީ އެވެ. ސިމްޕަލް އެވެ. ހެނދުނު ސަޔަށް އެންމެ ފުރިހަމަ ނާސްތާއެއް ތައްޔާރުކޮށްލެވުނީ އެވެ.
އެގް މަފިން އަކީވެސް ހެނދުނުގެ ސަޔަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިއަށް ބޭނުންވާނީ ބިހާއި، ކުޑަ ސްޕިނިޗް ފަތްކޮޅެއް ދެން ސޮސެޖާއ ޗީޒެވެ. ސްޕިނިޗް ފަތުގެ ބަދަލުގައ ލެޓިއުސް ފަތްވެސް ބޭނުންކުރެވިދާނެ އެވެ. މީތި ތައްޔާރު ކުރަން އެންމެ ފުރަތަމަ ފަތްކޮޅު ކުދިކޮށް ކޮށާލާފައި ސޮސެޖްވެސް ކުދިކުދި ކޮށ ފޮތިފޮތި ކޮށްލާށެވެ. އެއަށްފަހު ބިހާ ޗީޒްކޮޅު މިކްސް ކޮށްލުމަށްފަހު ސޮސެޖާއި ފަތްކޮޅުވެސް އެއްކޮށްލާފައި ބޭކް ކޮށްލާށެވެ.
ސިނަމަން އެޕަލް ބޭކްޑް އޯޓް މީލްވެސް މީ ވެސް ހެނދުނުގެ ނާސްތާއަށް ރަނގަޅު އެއްޗެކެވެ. އޯޓް މީލް ކޮޅުގެ ތެރެއަށް އާފަލް، ފޮނިތޮށި، ވޯލްނަޓް އަދި ބިހާއި، ބްރައުން ޝުގާ އަދި ކިރު އަޅާފައި ރަނގަޅަށް ގިރާލާފައި ބޭކްކޮށްލާށެވެ. ނޫނީ ސްލޯ ކުކާ ސިނަމަން އެޕަލް އޯޓް މީލް ތައްޔާރުކޮށްލެވިދާނެ އެވެ.
ގްރީން ސްމޫތީ އަކީވެސް ހެދުނުގެ ނާސްތާއަށް ރަނގަޅު އެއްޗެކެވެ. މީގެ ރަހަ ބޮޑަށް ވައްތަރުވާނީ ސެލެޑަކާ އެވެ. މިއަށް ބޭނުންވާނީ ސްޕިނިޗް ފަތް، ފިނިކޮށްފައި ހުރި ދޮންކެޔޮ، އެކިކަހަލަ ބެރީސް، ދެން ޕީނަޓް ބަޓަރާއި އެލްމަންޑް މިލްކެވެ. ރަނގަޅަށް މިކްސް ވަންދެން ގިރާލާށެވެ. ދުވަހުގެ ފެށުމަށް ހަމަ އެންެ ރަނގަޅު ސްމޫތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް