ކޮންމެ މަންމައަކުވެސް އެންމެ ބޮޑަށް ފިކުރު ކުރަނީ ފުރަތަމަ ދަރިފުޅާއި މެދު: ދިރާސާ

ކޮންމެ މަންމަމެންގެ އާންމު ބަހުރުވައިން ނަމަ ފެވަރިޓް ނުވަތަ އެންމެ ލޯބިވާ ދަރިއަކު އެއްވެސް މަންމައެއްގެ ނުހުރެއެވެ. އަކިދި ވަކި ޚައްސަ ކަމެއް ދޭ ދަރިއަކުވެސް ނުހުރެއެވެ. މަންމަ މެން މިހެން ބުނި ނަމަ...

23 Nov 2020 | 01:27

ކޮންމެ މަންމަމެންގެ އާންމު ބަހުރުވައިން ނަމަ ފެވަރިޓް ނުވަތަ އެންމެ ލޯބިވާ ދަރިއަކު އެއްވެސް މަންމައެއްގެ ނުހުރެއެވެ. އަކިދި ވަކި ޚައްސަ ކަމެއް ދޭ ދަރިއަކުވެސް ނުހުރެއެވެ. މަންމަ މެން މިހެން ބުނި ނަމަވެސް ސައިންސްވެރިންގެ ދިރާސާ އަކުން މިލަކަން ދޮގުކުރެއެވެ.

އިނގިރޭސި ސޯޝިއޮލޮޖިސްޓެއް ކަމަށްވާ ކެތަރިން ކޮންގާ ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ މަންމައެއްގެ ވެސް ފެވަރިޓް ނުވަތަ ވަކި ޚާއްސަ ލޮށް ބޮޑަށް ލޯބިވާ ދަރިއަކު އެބަ ހުރެއެވެ.

މަދުވެގެން ހަތަރު އަހަރުގެ ތަފާތު ހުރި ކުދިން ހިމެނޭ 380 އަށްވުރެ ގިނަ އާއިލާ ބައިވެރިކޮށްގެން ކޮންގާ އާއި އޭނާގެ ރިސާޗް ޓީމުން ކުރި ދިރާސާއިން ދައްކާގޮތުން މައިން އެންމެ ބޮޑަށް ފިކުރުކޮށް ވިސްނަނީ ފުރަތަ ދަރިފުޅާ ދޭތެރޭގައެވެ. މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ފުރަތަމަ ދަރިފުޅަކީ އެމީހުންގެ ގިނަ އުންމީދުތަކާއި އާއިލާގެ އިއްޒަތާއި ގަދަރު ގުޅިފައިވާ ކުއްޖާއަށް ވުމެވެ.

މި ދިރާސާއިން ދައްކާގޮތުން ރިސާޗްގައި ބައިވެރިވި އާއިލާތަކުގެ 70 ޕަސެންޓް ކުޑަ ކުދިންނަކީ އެމީހުންނާއި އެމީހުންގެ ބޭބެ ނުވަތަ ދައްތައާ ދެމެދު ކޮންމެވެސްވަރެއްގެ ތަފާތުކުރުންތަކެއް މަންމަ ގެންގުޅޭކަން ފާހަގަކުރެވޭ ކުދިންނެވެ.

ނޫނީ ބައެއް ކަންކަމުގައި މަންމަގެ ދެގޮތެއްނުވާ އިތުބާރު ހޯދަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކުދިންނެވެ.

މި ނަތީޖާ ލިބުމުން ކޮންގާގެ ޓީމުން ގަބޫލުކުރީ، ހަނގަށް ތިބޭ ކުދިން އެމީހުން ތަފާތުކުރާކަމަށް ދެކެނީ އެމީހުން ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމެއްގެ ފުރަތަމަ ތަޖުރިބާ ދައްތަ ނުވަތަ ބޭބެއާ އެކު މަންމަޔަށް ހޭދަކޮށްލެވުމުން އެމީހުންނަށްވުރެ ބޮޑަށް މަންމަ ދައްތަ ދެކެ ލޯބި ވަނީ ކަމަށެވެ.

ކޮންގާގެ ސައިންސުން އާއިލާތަކުގެ ހަނގު ކުދިންގެ ވިސްނުން ހޯދި ގޮތަށް އިތުރު ހަގީގަތެއްވެސް ހޯދިއެވެ. މަންމަގެ ފެވަރިޓަކީ ނުވަތަ ވަކި ޚާއްސަކޮށް ބޮޑަށް ލޯބިވަނީ ކޮންމެ ކުއްޖަކަށް ވިޔަސް، މި ފެވަރިޓަކީ ކޮބައިކަމާ މެދު ނުވިސްނާ އެންމެ ކުއްޖަކުވެސް ދިރާސާގައި ހިމެނި އާއިލާތަކުގެ ތެރޭގައި ނެތް ކަމެވެ.

އެހެންވީމާ މަންމަގެ ފެވަރިޓަށް ވެވިދާނެ މޮޅު އުކުޅެއް ބުނެދެން ހެއްޔެވެ؟ މަންމައާއި ބައްޕަ ލޯބިވެޔޭ ބުނާ ވަރަށް އެމީހުންނަށް އަމިއްލަ ފަރާތުންވެސް ލޯބި ދޭށެވެ. އަދި ލޯބިވާ ކަމަށް އެމީހުން ގާތު ބުނެ ޔަގީންކޮށްދޭށެވެ. އޭރުން ނުވިޔަސް އޮންނާނީ ފެވަރިޓަކަށް ނުވަތަ މަންމައާއި ބައްޕަގެ އެންމެ ލޯބިވާ ދަރިއަށް ވެފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް