އެއާޕޯޓް ކާގޯއިން ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް

ކޮވިޑް-19 އަށް ރާއްޖެއިން ގިނަ ބަޔަކު މިއަދު ޕޮޒިޓިވްވެފައިވާއިރު އެއާޕޯޓް ކާގޯއިން ފައްސިވި މީހުންގެ އަދަދު 102 އަށް އަރައިފިއެވެ. އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ފައްސިވީ މި މަހުގެ ފަ...

23 Nov 2020 | 00:47

ކޮވިޑް-19 އަށް ރާއްޖެއިން ގިނަ ބަޔަކު މިއަދު ޕޮޒިޓިވްވެފައިވާއިރު އެއާޕޯޓް ކާގޯއިން ފައްސިވި މީހުންގެ އަދަދު 102 އަށް އަރައިފިއެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ފައްސިވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ފައްސިވިއިރު، މިމަހުގެ 13 ވަނަ ދުވަހު ހަ މީހަކު ވަނީ ފައްސިވެފައެވެ.

އަދި މިމަހުގެ 14 ވަނަ ދުވަހު ހަތް މީހަކު ފައްސިވިއިރު، މިމަހުގެ 15 ވަނަ ދުވަހު ވަނީ ތިން މީހަކު ފައްސިވެފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުގައި ވެސް ގިނަ ބަޔަކު ވަނީ ފައްސިވެފައެވެ. މީގެ އިތުރުން މިއަދުވެސް ވަނީ އެއާރޕޯޓް ކާގޯއިން އިތުރު ބަޔަކު ފައްސިވެފައެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް އެއާެޕޯޓް ކްލަސްޓާއިން 102 މީހަކު ފައްސިވެފައިވާ ކަމަށެވެ.

ފައްސިވި މީހުންގެ ތެރޭގައި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ބައެއް މީހުންގެ އިތުރުން އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންނާއި ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުން ހިމެނެއެވެ.

މި ކޭސްތަކާއި ގުޅިގެން ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 191 މީހަކު ވަނީ ފާހަގަ ކުރެވިފައިވާއިރު، އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް