ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު
ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ނެރެފައިވާ
ދެންނެވުމުގައި ބުނެފައިވަނީ މިގޮތަށް ހަމަޖެއްސެވީ ނަޞްރުގެ ދުވަސް ކަމުގައިވާ
ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު،
ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު
ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް
ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި
ކަމަށެވެ.
މިހެންވުމާއެކު 31 އޮކްޓޯބަރު ވާ ހުކުރު ދުވަހުން
ފެށިގެން ނޮވެމްބަރު ތިނެއް ވާ ހޯމަ ދުވަހާއި ހަމައަށް ހަތަރު ދުވަހުގެ ޗުއްޓީއެއް
ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް