ލަވަކިޔުންތެރިޔާ ބާދްޝާހްވެސް ރާއްޖޭގައި - އަވީގަ އޮށޯތް ގޮތަށް މޫނުން ހަން ފޮޅުވާލައިފި !

ބޮލީވުޑް ރެޕް/ހިޕް ހޮޕް ލަވަކިޔުންތެރިޔާ ބާދްޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު "ސަން ބާން" ގައި މޫނުން ހަން ފޮޅިއްޖެއެވެ. ބާދްޝާހް ވަނީ މޫނުން ހަން ފޮޅިފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ދޫ...

23 Oct 2020 | 15:28

ބޮލީވުޑް ރެޕް/ހިޕް ހޮޕް ލަވަކިޔުންތެރިޔާ ބާދްޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު "ސަން ބާން" ގައި މޫނުން ހަން ފޮޅިއްޖެއެވެ.

ބާދްޝާހް ވަނީ މޫނުން ހަން ފޮޅިފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލާފައެވެ.

ބާދްޝާހްގެ އެ ފޮޓޯއަށް ބޮލީވުޑްގެ ބައެއް ތަރިން ކޮމެންޓް ކޮށްފައިވާއިރު ބަތޮލާ މްރުނާލް ޓާކުރު،ހައިރާން ކަމާއެކު ބުނެފައިވަނީ "އޯ ނޯ" ކަމަށެވެ. ރާއްޖޭގައި މިހާރުވެސް ޗުއްޓީ ހޭދަކުރަމުން އަންނަ ވަރުން ދަވަން، ބާދްޝާހްގެ ފޮޓޯއަށް ކުރި ކޮމެންޓުގައި ބުނެފައިވަނީ "ހަމަ އެއް ހާލެއްގައި" ކަމަށެވެ.

ބެލެވޭގޮތުގައި ބާދްޝާހް ރާއްޖެ އައިސްފައިވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރަމަތި ރިސޯޓުގައެވެ.

https://www.instagram.com/p/CGrgKfCAdTp/

ބާދްޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ބޮލީވުޑް ބަތޮލު ވަރުން ދަވަންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ބޮލީވުޑް ބަތޮލާ ނިހާ ދޫޕިއާ އާއި އޭނާގެ ފިރިކަލުން، ބޮލީވުޑް ބަތޮލު އަންގަދު ބޭދީވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް