އިރާނުގައި ބުރުގާ ނާޅާ ބައިސްކަލު ދުއްވި އަންހެނަކު ހައްޔަރުކޮށްފި

އިރާނުގައި އާންމުންގެ ތެރޭގައި ބުރުގާ ނާޅާ ބައިސްކަލު ދުއްވި އަންހެނަކު ހައްޔަރުކޮށްފިއެވެ. އިރާނުގައި އަންހެން ކަނބަލުން ބުރުގާ އެޅުން ގާނޫނަކުން މަޖުބޫރުކޮށްފައި އޮންނައިރު މި އަންހެން މީހާ ހައްޔަރު...

23 Oct 2020 | 15:04

އިރާނުގައި އާންމުންގެ ތެރޭގައި ބުރުގާ ނާޅާ ބައިސްކަލު ދުއްވި އަންހެނަކު ހައްޔަރުކޮށްފިއެވެ.

އިރާނުގައި އަންހެން ކަނބަލުން ބުރުގާ އެޅުން ގާނޫނަކުން މަޖުބޫރުކޮށްފައި އޮންނައިރު މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިސްކިތެއްގެ ކައިރީގައި ބުރުގާ ނާޅާ ބައިސްކަލެއްގައި ދުއްވާ، އެކަން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގައެވެ. ނަމަވެސް އަންހެން މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

މިކަން ހާމަކޮށް އެ ގައުމުގެ ނޫސްވެރިޔަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބުރުގާ ނާޅާ ބައިސްކަލު ދުއްވުން ކުށަކަށްވަނީ ވެރިންނަށް ތިބި "އާޔަތުﷲ"އިންނަށް ކަމަށެވެ. އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި ބުރުގާ އެޅުން މަޖުބޫރުކޮށްފައި އޮންނަ އޮތުމުގެ ސަބަބުން އެތައް އަންހެން ކަނބަލުންނަކަށް ނުހައްގު އަދަބު ލިބެމން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް