އާޓިސްޓުން ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެ

އާޓިސްޓުން ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕވަރމެންޓް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. "އަންވެއިލިންގ ވިޝަންސް 2020" ގެ ނަމުގައި...

23 Oct 2020 | 15:02

އާޓިސްޓުން ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕވަރމެންޓް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

"އަންވެއިލިންގ ވިޝަންސް 2020" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ހަމައެކަނި ކުޅިވަރުގެ މިނިސްޓަރުތޯ އާ ކުރާ ހަމައެކަނި ކަމަކީ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު އެޅުންތޯ ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށެވެ.

"ހަގީގަތަކީ އެންމެ ގިނަ ބަޔަކު އެދެމުން އަންނަނީ އެފަދަ ދަނޑުތަކުގެ ވާހަކަ. ދާން ކޮންެ ރަށަކުން. ބައްދަލުވާ ކޮންމެ މީހެއް. ކައުންސިލުތަކުންނާ މަޖިލިސް މެންބަރުން ވެސް އެދެނީ އެކަމަށް. ކަމަށާއި އެހެންވެ، މަސައްކަތް ކުރަމުން އަންނަނީ އެގޮތަށް." މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.

އެކިއެކި ދާއިރާތަކުގެ ޒުވާނުންވެސް އެ މިނިސްޓްރީއާ ހަމައަށް ވާސިލު ވުމަށާއި އެނގޭ ބަޔަކު ކަންކަން ކުރަންވީ ގޮތާއި ބޭނުންވާ ގޮތް ބުނެދިނުމުން އެ މިނިސްޓްރީން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ އެކިއެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު އެބައޮތް ކަމަށާއި ފުޓްސަލް ދަނޑެއް އަޅަންދާ ޚަރަދުން މިފަދަ ދިހަ އެގްޒެބިޝަން ބޭއްވޭނެ ކަމަށެވެ. އެހެންވެ، މިފަދަ ފުރުސަތުތައް ގިނައިން ހޯދުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެކަނި ކުޅިވަރު ނުވަތަ ވަކި ދާއިރާއަކަށް އެ މިނިސްޓްރީގެ މަސައްކަތްތައް އަމާޒުކޮށްފައި ނުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް