ކަރަންޓު ދިއުމުން ޕީއެސްއެމްގެ ބައެއް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިއަދު ހެނދުނުއްސުރެ މެންދުރާއި ހަމައަށް ކަރަންޓަށް ދިމާވި މައްސަލައިގާ، ކަރަންޓު ދިއުމުން ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ ބައެއް އިކުއިޕްމަންޓްސް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޕީއ...

23 Oct 2020 | 14:56

މިއަދު ހެނދުނުއްސުރެ މެންދުރާއި ހަމައަށް ކަރަންޓަށް ދިމާވި މައްސަލައިގާ، ކަރަންޓު ދިއުމުން ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ ބައެއް އިކުއިޕްމަންޓްސް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ޕީއެސްއެމްއިން ބުނެފިއެވެ.

އެގޮތުން ޕީއެސްއެމްއިން ބުނެފައިވާގޮތުގައި ކަރަންޓު ކެނޑުނު ވަގުތުތަކުގައި ޕީއެސްއެމްގެ ހުރިހާ ޗެނަލެއްގެ ޓްރާންމިޝަންތައްވެސް ހުއްޓުމަކަށް އައި ކަމަށާއި ކަރަންޓި ދިއުމުގ ސަބަބުން ގިނަ އިކުއިޕްމަންޓްސްއަށް ގެއްލުންވެފައިވާއިރު ބެކަޕްގެ ގޮތުގައި ބޭނުންކުރާ ގިނަ އިކުއިޕްމަންޓްސްއަށްވެސް ގެއްލުންވެފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ޕީއެސްއެމްއިން ފާހަގަކޮށްފައިވާގޮތުގައި މީގެ ކުރިންވެސް މާލެއިން ކަރަންޓު ގޮސްފިނަމަ ޕީއެސްއެމްގެ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ވަކި ވަގުތެއް ވަންދެން ބެކްއަޕް ސިސްޓަމް ބޭނުންކުރެއެވެ.

މިއަދު ހެނދުނު 08:10 ހާއިރު މާލޭގައި ކަރަންޓަށް ދިމާވި މައްސަލަ އެއްކޮށް ހައްލުވެފައިވަނީ އެކެއް ޖަހާ ބޮޑުވި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް