ފަތުރުވެރިން ނޫން ފަރާތްތަކަށް އިންޑިއާގެ ބޯޑަރު ހުޅުވާލަނީ..

ފަތުރުވެރިން ނޫން ފަރާތްތަކަށް އިންޑިއާގެ ބޯޑަރު ހުޅުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ކޯވިޑް-19 ގެ ސަބަބުން ބަންދުކުރި އިންޑިއާގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިން...

23 Oct 2020 | 12:51

ފަތުރުވެރިން ނޫން ފަރާތްތަކަށް އިންޑިއާގެ ބޯޑަރު ހުޅުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކޯވިޑް-19 ގެ ސަބަބުން ބަންދުކުރި އިންޑިއާގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމާ އެގައުމުގެ ހޯމް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ކޯވިޑް 19 އާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި އެގޮތުން ފަތުރުވެރިން ނޫން ފަރާތްތަކަށް އެގައުމަށް އެތެރެވެވޭނެ ގޮތަށް ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

"އިންޑިއާއަށް އެތެރެވާން ބޭނުންވާ މީހުންނާއި، އެގައުމުން ދާން ބޭނުންވާ ފަރާތްތަކުގެ އިތުރުން ގިނަ ބޭރު ފަރާތްތަކަށް ފަސޭހައިން ވިސާގެ ކަންކަން ހަމަޖެއްސޭނެ މަގު ފަހުކުރުމަށް ދަނީ މަސައްކަތް ކުރަމުން. އިލެކްޓްރޯނިކް ވިސާ އާއި ޓުއަރިސްޓު ވިސާ އާއި މެޑިކަލް ވިސާތައް ފިޔަވާ ބޭރު މީހުންގެ އަތުގައި މިހާރު އޮތް ހުރިހާ ވިސާއެއް ވެސް ބޭނުން ކުރަން ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމާފަ." އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލަން ނިންމުމުން އެކަމުގެ ފަސޭހަ ގިނަބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި އެގައުމުގެ ރައްޔިތުންގެ އިތުރުން ބޭރުގެ ރައްޔިތުންނަށްވެސް އެމީހުންގެ އަމިއްލަ ވަޒަނަށް ދެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް