ޤައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމްކަނޑައެޅުމަށް ހުރިހާ ޒުވާނުންނަށް ނައިބު ރައީސް ގޮވާލައްވައިފި

ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކޮންމެ މީހަކީވެސް ޤައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމްކަނަޑައެޅުމަށް، ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ހުރިހާ ޒުވާނުންނ...

23 Oct 2020 | 12:31

ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކޮންމެ މީހަކީވެސް ޤައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމްކަނަޑައެޅުމަށް، ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އަންވެއިލިންގ ވިޝަންސް 2020" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ސަރުކާރުން ރާއްޖޭގެ ޒުވާނުންނަކީ ފަންނުވެރި ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ގިނަ ހޭދަތަކެއް ކުރައްވަނީ މި ސަބަބާ ހުރެ ކަމުގަ އެވެ.

ގައުމެއް ކުރިއަރައި، ތަރައްގީވެ ދަނީ މިކަހަލަ ފަންނުތަކުގެ ހުނަރުވެރި، ޒުވާނުންތަކެއް އެގައުމެއްގައި އުފެދިގެން ކަމަށާއި ކޮންމެ މީހަކީ، އެމީހެއްގެ ދުލުން މެސެޖުތައް ދޭނެ މީހެއް ނޫން ކަމަށް ވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް