އިފުރު އެއާޕޯޓާއި ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަނީ

ރ އިފުރު އެއާޕޯޓާއި، އެ ރަށުގައި ގާއިމްކޮށްފައިވާ ރިސޯޓް ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެެވެ. އިފުރު އެއާޕޯޓާއި ހޮޓާ ތަރައްގީ ކޮށްފައިވަ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ ...

23 Oct 2020 | 12:27

ރ އިފުރު އެއާޕޯޓާއި، އެ ރަށުގައި ގާއިމްކޮށްފައިވާ ރިސޯޓް ހޮޓާ 65 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެެވެ.

އިފުރު އެއާޕޯޓާއި ހޮޓާ ތަރައްގީ ކޮށްފައިވަ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (އީއެސްއެމްއައިސީ) އިންނެވެ. މި ކުންފުނިން ވަނީ އިފުރު އެއާޕޯޓާއި ހޮޓާ ވިއްކާލަން މީގެ ކުރިން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް އެފަަހަރު ވިއްކާލަން ހަމަޖެހިފައިވާ އަގެއް އާންމެ ނުކުރެ އެވެ. ދެ ވަަނަ ފަހަރަށް އެއާޕޯޓާއި ހޮޓާ ވިއްކާލަން އިއުލާން މިކުރީ ފުރަތަމަ ފަހަރުގެ އިއުލާނާ އެހާގިނަ ބަޔަކު ޝައުގުވެރިކަން ފައުޅުކޮށްފައި ނުވުމުންނެވެ.

https://news.theceomagazine.com/asia/ifuru-resort-maldives/

ދެ ވަނަ ފަހަރަށް އެއާޕޯޓާއި ހޮޓާ ވިއްކާލަން ޓީއެސްއެމްއައިސީއިން އިއުލާނު ކޮށްފައިވާކަމަށް ކަމަށް ރިޕޯޓް ކުރީ ބޭރުގެ މެގަޒިނެއް ކަމަށްވާ "ދަ ސީއީއޯ މެގަޒިން" އިންނެވެ. އެ މެގަޒިންގައި ބުނެފައި ވަނީ އެއާޕޯޓާއި ހޮޓާ ގަންނަ ފަރާތަކަށް ބ. ފުނަދޫ 50 އަހަރުގެ މުއްދަތަށް ލިބޭނެ ކަމަށެވެ. މިއީ 12 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ސީއީއޯ މެގަޒިންގައި މި އިއުލާނުގެ ރިޕޯޓް ޖަހާފައިވަނީ މީގެ އަށް ގަނޑިއިރު ކުރިންނެވެ.

.ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އިފުރުގައި  300 އެނދު ހިމެނޭ ބީޗްވިލާތަކާއި ހޮޓާތައް ހުރެ އެވެ. އިފުރަކީ 56.52 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް