މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެޑިގެން ދިޔަ ވަގުތުވެސް ސަރުކާރުގެ ވެބްސައިޓުތަކާއި، އޮންލައިން ހިދުމަތްތަށް ދަތިތަކަކާ ނުލާ ދެވުނު ކަމަށް ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްލޮނޮޖީ މިނިސްޓރީއިން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކަރަންޓުގެ ނެތި ހޭދަވި ވަގުތުގައި ވެސް ސަރުކާރުގެ ވެބްސައިޓުތަކާއި އޮންލައިން ހިދުމަތްތަށް ދެވުނީ، ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑޭޓާ ސެންޓަރުގެ ޕަވާ ސިސްޓަމް ވަރުގަދަ ކޮށްފައިވުމުން ކަމަށެވެ. އަދި ހިދުމަތް މެދު ނުކެނޑި ދެވިފައިވަނީ މިނިސްޓްރީގެ މުވައްޒިފުންގެ ބުރަ މަސައްކަތުން ކަމަށެވެ.
އެންސީއައިޓީގައި މަސައްކަތް ކުރައްވާ މުވައްޒިފަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ، ކަރަންޓު ކަނޑައިގެން ދިޔަ ނަމަވެސް އެ ސެންޓަރުން ބަލަހައްޓާ އެއްވެސް ޑާޓާއަކަށް ގެއްލުމެއް ނުވެ އެވެ. އޭނާ ބުނީ، ކަރަންޓު ނެތި ދިޔަ ވަގުތު އެ ސެންޓަރުން ދީފައިވާ މައިގަނޑު ހިދުމަތްތަކަކީ، ބޯޑަރު ކޮންޓްރޯލް ނިޒާމާއި، އެކްސްޕެޓް އަދި ޖެމްސް އާއި ޖެމެން (އުފަންވާ އަދި މަރުވާ މީހުންގެ ސިސްޓަމް)ގެ ހިދުމަތް ކަމަށެވެ.
ސައިންސް، އެންޑް ޓެކްލޮނޮޖީގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓްރީއެއް އުފެއްދީ، ސަރުކާރުގެ އޮންލައިން ހިދުމަތްތަށް ވަރުގަދަ ކުރުމަށާއި، ރަނގަޅު ފެންވަރުގެ މުވާސަލާތީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް