ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ރައީސް ސޯލިހުގެ ޕާސްޕޯޓް ހިފައްޓާނަން: އަބްދުއްރަހީމް

ޕީޕީއެމްގެ ވެރިކަމެއް އުފެދޭތާ ފުރަތަމަ ގަނޑިއިރުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓް ހިފަހައްޓާނެ އިދިކޮޅު ކޮންގްރެސް ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅު...

23 Oct 2020 | 09:39

ޕީޕީއެމްގެ ވެރިކަމެއް އުފެދޭތާ ފުރަތަމަ ގަނޑިއިރުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓް ހިފަހައްޓާނެ އިދިކޮޅު ކޮންގްރެސް ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު މިއޮތް ސަރުކާރަކީ ގައުމަށް އެންމެ ބޮޑަށް ހިޔާނާތްވި ސަރުކާރު ކަމަށާއި، ދައުލަތާއި ރައްޔިތުންނަށް ހިޔާނަތްތެރިވުމަށްފަހު ސަލާމަތްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ މަސައްކަތަކީ މި ސަރުކާރުން ހިންގެވި ހުރިހާ ހިޔާނާތެއް ބެލުން ކަމަށް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އޭރު ލީޑަރަކަށް ހުންނަވާނީ މިހާރު ނުހައްގުން ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނީ މިއަދު މި ހިނގާ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ. އެ މައްސަލަ ދާނީ އަދުލްއިންސާފާ އެއްގޮތަށް ގާނޫނީ ހަމަތަކުގެ މަތިން. ހަމަ އެއާއެކު ދަންނަވާލަން ބޭނުންވަނީ މައްސަލަތައް ބަލާ ނިމުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުމެން ކަނޑައަޅާނަން. އެއީ ޕާސްޕޯޓް ހިފަހައްޓައިގެން" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގެ ތިއްބެވި ބައެއް ބޭފުޅުންގެ ނަންތަށް ވިދާޅުވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންގެ މައްސަލަތަށް ވެސް ބައްލަވާނެ ކަމަށެވެ. އޭނާ ވިދާޅުވި އެއް ބޭފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުންނަމަ ޝާހިދަކީ މި ސަރުކާރުން ހިންގާ ހިޔާނާތްތަކުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އަދި ޝާހިދުގެ ޕާސްޕޯޓް ހިފައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް