ގުޅީފަޅު ބޭރުގައި އޮތް ބޯޓެއްގައި އަނިޔާވި ބިދޭސީއަކު އައިޖީއެމް ހޮސްޕިޓަލަށް ގެނެސްދީފި

ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފައި އޮތް ބޯޓެއްގައި އަނިޔާވި ބިދޭސީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފުން ބުނީ "ވިކްޓޯރިއާ 267" ބޯޓުން ބިދޭ...

23 Oct 2020 | 07:49

ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފައި އޮތް ބޯޓެއްގައި އަނިޔާވި ބިދޭސީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފުން ބުނީ "ވިކްޓޯރިއާ 267" ބޯޓުން ބިދޭސީއަކު ވެއްޓި ބޯފަޅައިގެންގޮސްގެން ސިއްހީ އަވަސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ.

އެގޮތުން 11:15 ހާއިރު މި މައުލޫމާތު ލިބުމުން، މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 12:10 ހާއިރު އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެނެސްދީފައިވާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ބަހެއް ލިބިފައިނުވާތީ އެމީހާގެ ހާލު ސާފުވާގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް