މިއަދު ހެނދުނު 08:30 ހާއިރުއްސުރެ ގިނަ އިރުތަކެއްވަންދެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުން އަންނައިރު މައްސަލަ ހައްލުކޮށް ބޮޑު ބަޔަކަށް ކަރަންޓު ދީފިއެވެ.
އެގޮތުން އެންމެ ފަހުން ސްޓެލްކޯއިން ބުނެފައިވަނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑުބަޔަކަށް މިހާރުވަނީ ކަރަންޓު ދެވިފައި ކަމަށާއި ކުރިއަށް އޮތް ބައި ގަޑިއިރުގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭނެކަމުގައި އުންމީދުކުރާ ކަމަށެވެ.
އެގޮތުން މިހާތަނަށް 80 އިންސައްތަ ސަރަހައްދަށް ކަރަންޓު ދީފައިވާކަމަށާއި ދިމާވާ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް