ޔޫރޮޕާ ލީގް: ޔަންގް ބޯއީސްގެ މައްޗަށް ރޯމާ ކުރި ހޯދައިފި

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ޔަންގް ބޯއީސް އާއި ވާދަކޮށް ރޯމާ ކުރި ހޯދައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުް ރޯމާ މޮޅުވީ1-2 ގެ ނަތީޖާއިންނެވެ. ގިނަ ރީނދޫ ކާޑު ތަކެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގ...

23 Oct 2020 | 02:28

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ޔަންގް ބޯއީސް އާއި ވާދަކޮށް ރޯމާ ކުރި ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުް ރޯމާ މޮޅުވީ1-2 ގެ ނަތީޖާއިންނެވެ.

ގިނަ ރީނދޫ ކާޑު ތަކެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ލަނޑުޖަހާ ފުރަތަމަ ލީޑް ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖީން ޕިއެރޭ ސޭމީއެވެ. މި ޕެނަލްޓީ އަކީ ރޯމާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔަންގް ބޯއީސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ ރޯމާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ޔަންގް ބޯއީސްގެ ފަހަތަށް ބާރު ބޮޑުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކެއް ޔަންގް ބޯއީސްގެ ކީޕަރު ސަލާމަތް ކުރި ނަމަވެސް ބްރޫނޯ ޕެރޭޒް ފޮނުވާލި ބާރު ހަމަލާ މަތަކުރެވޭގޮތް ވަނީ ނުވެފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ރޯމާއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަކުރި އިރު، އެޓީމުން މެޗުގެ ލީޑު ނެގީ 74 ވަނަ މިނެޓުގައި މަރަސް ކުމްބުލާ ކާމިޔާބު ކުރި ހިއްގައިމު ލަނޑުންނެވެ.

ރޭގެ މި މޮޅާއި އެކު ރޯމާ އޮތީ އެޓީމު ހިމެނޭ ގްރޫޕް އޭގެ ދެވަނަ އަށް ޖެހިލި އިރު، ޔަންގް ބޯއީސް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ތިންވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް