މާސްކު އަޅަންވާނީ ބުރުގާ ދަށުން، އެއް ލޭޔަރު ކަމަކުނުދާނެ: މެލޭޝިޔާ

ބުރުގާ އަޅާ މުސްލިމް ކަނބަލުން މާސްކު އަޅަންވާނީ ބުރުގާ ދަށުން ކަމުގައި މެލޭޝިޔާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޓާން ސްރީ ޑރ. ނޫރް ހިޝާމް އަބްދުﷲ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އިއްޔެ ބޭއްވި ނޫސްވެ...

23 Oct 2020 | 02:05

ބުރުގާ އަޅާ މުސްލިމް ކަނބަލުން މާސްކު އަޅަންވާނީ ބުރުގާ ދަށުން ކަމުގައި މެލޭޝިޔާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޓާން ސްރީ ޑރ. ނޫރް ހިޝާމް އަބްދުﷲ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޮމެންޑް ކުރަނީ ތިން ލޭޔަރުގެ މާސްކު ކަމަށެވެ. އެހެންކަމުން ބުރުގާއިން ބައެއް މާސްކުގެ ގޮތުގައި ހަދައިގެން އުޅުންވެސް ކަމަކުނުދާނެ ކަމަށެވެ. އެހެން ހަދާނަމަވެސް ތިން ލޭޔަރު އިންނަންވާނެ ކަމަށެވެ.

އޮގަސްޓް އެކަކުން ފެށިގެން މެލޭޝިޔާގައި މާސްކު އެޅުން މަޖުބޫރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް