ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސްގެ ދަތްކޮޅު ފައިބައިފިއެވެ.
އޭނާގެ ދަތްކޮޅު ފައިބައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ކެޓީ ޕްރައިސްގެ އެ ދަތްޕިލައަކީ އޭނާގެ ލޯބިވެރިޔާ ކާލް ވުޑްސްއާއެކު ތުރުކީއަށް ގޮސް ޖަހާފައިވާ މަސްނޫއީ ދަތްޕިލައެކެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ދަތްކޮޅު ފޭބުމުން، ދެން ދަތްޖަހަން، މި ޗުއްޓީ ނިންމާލުމަށްފަހު ތުރުކީއަށް ދާނެކަމަށް ކެޓީގެ މެނޭޖަރަ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ކެޓީގެ މެނޭޖަރު އިތުރަށް ބުނެފައިވަނީ ފާހަގަނުވިނަމަވެސް ރާއްޖެ ދަތުރުފެށިއިރުވެސް ކެޓީގެ ބައެއް ދަތް ވަނީ ވެއްޓިފައި ކަމަށެވެ.
ދަތްކޮޅު ފައިބާފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެޓީ ޕްރައިސް މީގެ ދެ ދުވަސް ކުރިން ބުނެފައިވެއެވެ. މިހާރުވެސް ކެޓީއަކީ ފަސް ދަރިންގެ މަންމައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް