އިނގިރޭސިވިލާތުގެ އޮފް ކަރަންޓީން ލިސްޓަށް ރާއްޖެ – ރާއްޖޭގެ ފަތުރުވެރިކަމަށް އުފާވެރި ހަބަރެއް

އިނގިރޭސިވިލާތުގެ އޮފް ކަރަންޓީން ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ. ރާއްޖެއާއެކު އަލަށް މި ލިސްޓަށް އިތުރުކޮށްފައިވަނީ ކެނެރީ އައިލެންޑްސް އާއި މައިކޮނޯސް އާއި ޑެންމާކެވެ. މި ލިސްޓަށް ރާއްޖޭގެ ނަން އެ...

23 Oct 2020 | 01:21

އިނގިރޭސިވިލާތުގެ އޮފް ކަރަންޓީން ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.

ރާއްޖެއާއެކު އަލަށް މި ލިސްޓަށް އިތުރުކޮށްފައިވަނީ ކެނެރީ އައިލެންޑްސް އާއި މައިކޮނޯސް އާއި ޑެންމާކެވެ.

މި ލިސްޓަށް ރާއްޖޭގެ ނަން އެރުމާއެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އިނގިރޭސިވިލާތަށް އެނބުރި ދާ މީހުން އެ ގައުމުގައި 14 ދުވަހު ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ މި ލިސްޓުގައި ގައުމުތައް ހިމަނާ އުނިކުރަނީ އެ ގައުމެއްގައި ކޮވިޑު ފެތުރޭ ނިސްބަތަށް ބަލާފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލިނަމަވެސް މިފަދަ ބައެއް ގޮންޖެހުންތަކާހެދި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އަދި އުޅެނީ ތަންކޮޅެއް ދަށުގައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މި ލިސްޓަށް ރާއްޖެ އެރުމުން، ރާއްޖޭގެ ފަތުރުވެރިކަމަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް