ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ 11 މީހަކު މެރުމަށް، މިސްރުގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.
މި މީހުންގެ މައްޗަށް ކޮށްފައި އޮތް ދައުވާ އަކީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮތް ކަމަށް ކުރާ ތުހުމަތާއި ފުލުހުންގެ ދެ އޮފިޝަރަކު މަރާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
ހަމަ މި މައްސަލައިގާ އިތުރު ބައެއްގެ މައްޗަށްވެސް ހުކުމް އިއްވާފައި ވެ އެވެ. އެގޮތުން 14 މީހެއްގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ހުކުމް އިއްވާފައިވާއިރު 10 އަހަރަށް ޖަލަށް ލުމަށް ކުޑަކުއްޖެއްގެ މައްޗަށް ހުކުމް ކޮށްފައި ވެ އެވެ.
މަރަން ހުކުމް އިއްވި މީހުންނަކީ 2013 ވަނަ އަހަރު މިސްރުގައި ގެނައި އަސްކަރީ އިންގިލާބާއި ގުޅިގެން މުޒާހަރާތަކެއްކުރި ބައެއް މީހުންނެވެ. އެމީހުންނަކީ ކުރީގެ ރައީސް މުރްސީގެ ސަޕޯޓަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް