ގދ. ތިނަދޫގައި މަސްތުވާތަކެތީގެ ވިޔަފާޜި ކުރާކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

ގދ. ތިނަދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. އެމީހުން ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ތިނަދޫއަށް އެމީހުނ...

23 Sep 2026 | 04:44
މަސްތުވާތަކެތީގެ މައްސަލައިގަ ތިނަދޫއިން ހައްޔަރު ކުރި ދެމީހުން -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައިގަ ތިނަދޫއިން ހައްޔަރު ކުރި ދެމީހުން -- ފޮޓޯ: ޕޮލިސް

ގދ. ތިނަދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ތިނަދޫއަށް އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ  އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ހުދުރުވާގެ / ގދ. ތިނަދޫ، ފަޒުލީން މުޙައްމަދު (39އ) އާއި ހަމަ އެގޭ ޢަޒުލިފު މުޙައްމަދު (30އ) ކަމަށެވެ. މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ބުނެފައިވެ އެވެ.

ދެމީހުންގެ ތެރެއިން ފަޒްލީންގެ ބަންދަށް ކޯޓުން 70 ދުވަސް ޖެހި އިރު އަޒުލިފްގެ ބަންދަށް ޖަހާފައިވަނީ 30 ދުވަހެވެ. ފުލުހުންގެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް