ބީއެމްއެލްއިން ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރަނީ

ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު، މި ހަފްތާތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި އ...

23 Sep 2025 | 16:13
ތ. ބުރުނީގައި ގާއިމުކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: ބީއެމްއެލް

ތ. ބުރުނީގައި ގާއިމުކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް

ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ޚިދުމަތް

ފަށައިފިއެވެ.

މިއާއެކު، މި ހަފްތާތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި

އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ

ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ބުރުނީގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު

އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ

އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ

ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު

ޝަރީފް ވިދާޅުވީ، ބުރުނީގައި  ކޮށްފައިވާ މި

އިންވެސްޓްމެންޓުން ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް

ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން ހާމަވެގެންދާކަމަށެވެ.

"ޒަމާނީ އޭޓީއެމްތައް ތައާރަފްކުރެވުމާއެކު އާންމު

ފަރުދުންނާއި ވިޔަފާރިތަކަށްވެސް ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް، ރަށުގައި ތިބެގެން

ބޭންކިންގ ޚިދުމަތް ލިބޭނެ" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި

42 ބްރާންޗް، 171 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 229 އޭޓީއެމްގެ އިތުރުން އެންމެ

ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު

ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން

ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް