އަންނަ އަހަރު މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވެއްޖެ

2026 ވަނަ އަހަރު، މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއް...

23 Sep 2025 | 14:56
ރައީސް މަޑިފުށީގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް މަޑިފުށީގައި - ފޮޓޯ: ރައީސް އޮފީސް

2026 ވަނަ އަހަރު، މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ

މަޝްރޫޢެއް ކުރިއަށްގެންދަވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން

ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. މަޑިފުށީ ރައްޔިތުންނާ

ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގެދޮރުވެރިކަމަކީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު

ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލް މެދުވެރިކޮށް ރައްޔިތުން

އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ

ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް،

އެ މަޝްރޫޢު ހިންގަވައިދެއްވާނޭކަމަށެވެ.

މިދަތުރުފުޅުގައި ހިމެނިގެން މިއަދު އެ ރަށުގައި ވަނީ

ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ

އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން

އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް

ވަނީ ފައްޓަވާފައެވެ.

މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ،

މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން

ދެއްވާފައެވެ. އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި

އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް

ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވަނީ، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި

އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފައެވެ.

ރައީސް ޤަރާރަކުން، މި ދެ ރަށް، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި ހިމަނުއްވައި،

އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިމަހުގެ 18 ވަނަ ދުވަހު،

އެ ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ރައްޔިތުންގެ އުފާފާގަތިކަމާއި،

ހެވާއި ލާބައާއި، މުސްތަޤުބަލަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި

ސަރުކާރުން އެއްބާރުލުންދެއްވާނޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް