މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ތައްޔާރު ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭ...

23 Sep 2020 | 14:56

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ކޮންމެ އަހަރަކު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ތިން ދައުރަށް ބަހާލައިގެންނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގައި އެންމެ އިސްކަން ދީގެން ކުރިޔަށް ގެންދާނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ މަސައްކަތެވެ.

މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އާންމުކޮށް މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ އޮގަސްޓު މަހުގެ ނިޔަލަށެވެ.

ދެ ވަނަ ދައުރުގައި 37 ޖަލްސާ ބޭއްވިއިރު، 21 ބިލު ވަނީ ފާސްކޮށްފައެވެ. ދެވަނަ ދައުރު ދިގުކުރީ ކޮންމެހެން ނިންމަން ޖެހޭ ބައެއް ބިލުތައް ނިންމުމަށާއި ޓޫރިޒަމް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް