ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 5 މިލިއަން ޑޮލަރު...

23 Sep 2020 | 08:39

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 5 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއް ހަމަޖައްސައިދީފިއެވެ.

މި ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ޚާއްސަކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއެކެވެ.

އައިޓީއެފްސީ އިން ފުޅާދާއިރާއެއްގައި ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.

މި ފައިނޭންސް ހަމަޖެހިގެން މިދަނީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި މާލީ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އޯއިސީގެ މެންބަރު ގައުމުތަކަށްވެސް އިޖްތިމާއީ އަދި އިގްތިސާދީ ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު، ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައްކުރަމުން ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީ އާ ގުޅިގެން ވިޔަފާރިތަކަށް ޚާއްސަކޮށް 5 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއް ހަމަޖެހިގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުރާބަހާ ފައިނޭންސިންގ ފެސިލިޓީ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ. ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން މި

ފައިނޭންސް ތައާރަފްކުރެވޭކަމީ ލިބޭ ފަޚްރެއް ކަމަށާއި އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބޭންކް އޮފް މޯލްޑިވްސްފަދަ މާލީ އިދާރާތަކާ ގުޅިގެން އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި ގޮތުން އެ ވިޔަފާރިތަކުގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި އޯއިސީގެ ގައުމުތަކުގެ މެދުގައި ވިޔަފާރި

ގުޅުންތައް ރަނގަޅުވެ، ގިނަ ގައުމުތަކެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ހާނީ ސަލިމް ވިދާޅުވިއެވެ.

އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް