ބިޑް ކުރުމައި ނުލައި މަޝްރޫއުތައް ދެވޭ މާއްދާ އުވާލަން އޭސީސީން އެދިއްޖެ

ބިޑް ކުރުމާއި ނުލައި މަޝްރޫއުތައް ކުންފުނިތަކާއި ހަވާލު ކުރެވޭގޮތަށް މާލިއްޔަތު ގަވައިދުގައި އޮންނަ މާއްދާ ބާތިލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ....

23 Sep 2020 | 08:21

ބިޑް ކުރުމާއި ނުލައި މަޝްރޫއުތައް ކުންފުނިތަކާއި ހަވާލު ކުރެވޭގޮތަށް މާލިއްޔަތު ގަވައިދުގައި އޮންނަ މާއްދާ ބާތިލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ބިޑް ކުރުމައި ނުލާ މަޝްރޫތައް ހަވާލު ކުރެވޭގޮތަށް މާލިޔަތު ގަވައިދަށް އިސްލާހު ގެނައީ 2017 ވަނަ އަހަރު އެވެ. އެ އިސްލާހުގައި ވާގޮތުން އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮވެ އެވެ.

އޭސީސީން ބުނީ އެ މާއްދާ އުވާލަން ފިނޭންސް މިނިސްޓްރީގައި އެދުނީ އިއްޔެ ކަމަށެވެ. އަދި ކުރީގެ ކޮމިޝަނުންވެސް ފިނޭންސްގައި އެކަމަށް އެދުނު ކަމަށް ބުނެ އެވެ.

އޭސީސީން ބުނީ ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމަކީ، އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށެވެ.

އޭސީސީން މިގޮތަށް ފިނޭންސްގައި އެދިފައިވާ އިރު ކުރީ ސަރުކާރާއި މި ސަރުކާރުންވެސް ވަނީ ބިޑު ކުރުމަކައި ނުލައި ބައެއް މަޝްރޫއުތައް ކުންފުނިތަކާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް