ގދ. ހޯނޑެއްދޫގައި ކޯވިޑް-19 އަށް މިހާރު ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ހޯނޑެއްދޫ ސިއްހީ މަރުކަޒުން ބުނީ އެ ރަށުން މިހާތަނަށް ޕޮސިޓިވްވީ 44 މީހުން ކަމަށެވެ. އޭގެ ތެރެއިން 30 މީހުން ރަނގަޅުވެއްޖެ އެވެ.
އެ ރަށުން ޕޮސިޓިވްވި މީހުންގެ ތެރެއިން ހޯނޑެއްދޫގައި އައިސޮލޭޓް ކޮށްގެން 12 މީހުންނަށް ފަރުވާ ދެމުން ދާއިރު އަނެއް ދެމީހުންނަށް ފަރުވާ ދެމުން ދަނީ ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. އެ ފެސިލިޓީއަށް އިތުރު ފަރުވާ ދިނުމަށް ބަދަލު ކުރީ އުމުރުން ދުވަސްވީ ދެ މީހުންނެވެ.
އެ ރަށުގައި ހަތް ގެއެއް މިވަގުތު ހުރީ ކަރަންޓީން ކޮށްފައި އެވެ.
މިހާތަނަށް ހޯނޑެއްދޫއިން 369 ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 311 ސާމްޕަލް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ 14 ސާމްޕަލްވެ އެވެ.
ހޯނޑެއްދޫއިން ކޯވިޑް-19 އަށް ފުރަތަމަ ޕޮސިޓިވްވީ ހޯމް ކަރަންޓީން ފުރިހަމަ ކުރި ދެ މީހެކެވެ. އެ ރަށުން ބަލި ޖެހުނު އެންމެންނަކީ އެ މީހުންނާއި އާއިލީ ގޮތުން ގުޅިފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް