މާލެއިން ބަނގުރަލާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި އެކު ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަނގުރތައް އަތުލައިގަތީ ޕިކަޕެއް ހުއްޓުވައި ބަލާ ފާ...

23 Sep 2020 | 07:27

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއި އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަނގުރތައް އަތުލައިގަތީ ޕިކަޕެއް ހުއްޓުވައި ބަލާ ފާސްކުރުމަށް ފަހު ކަމަށެވެ. ޕިަކު ހުއްޓުވުމުން އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތް ކޮށް ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ ހަތަރު މީހުންނެވެ. އެއީ  31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނެކެވެ.

މި އޮޕަރޭޝަންގައި ޕިކަޕު ބަލައި ފާސްކުރި އިރު 10 ޕެކެޓު ބަނގުރާ، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް