މަސްވެރިންނަށް ހާއްސަކޮށްގެން ވެބްސައިޓެއް އިފްތިތާހު ކޮށްފި

ދިވެހި މަސްވެރިކަމާއި މަސްވެރިންގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކޮށްފި އެވެ. "މަސްވެރިން ޑޮޓް އެމްވީ"ގެ ނަމުގައި އިފްތިތާޙުކުރި މި ވެބްސައިޓުގައި ދިވެހި މަސްވެރިކަމާއި މަސް...

23 Sep 2020 | 05:44

ދިވެހި މަސްވެރިކަމާއި މަސްވެރިންގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކޮށްފި އެވެ.

"މަސްވެރިން ޑޮޓް އެމްވީ"ގެ ނަމުގައި އިފްތިތާޙުކުރި މި ވެބްސައިޓުގައި ދިވެހި މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހަބަރާއި އެކި މަޢުލޫމާތުތައް ކޮންމެ ދުވަހަކު ގެނެސްދޭނެ ކަމަށެވެ. މަސްވެރިކަމާއި ގުޅުންހުރި ގާނޫނާއި ގަވާއިދުތަކާ ބެހޭ މުހިންމު މައުލޫމާތާއި މަސްވެރިކަމާ ގުޅުންހުރި ބައެއް ތަފާސް ހިސާބުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މަސް ގަންނަ އަގާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ ވާހަކަތައްވެސް ވެބްސައިޓުގައި ހިމަނާނެ ކަމަށް ބުނެ އެވެ.

މި ވެބްސައިޓުގައި ދިވެހި މަސްވެރި އޮޑިފަހަރުގެ މަޢުލޫމާތާއި އާންމުކޮށް ރާއްޖޭގެ ކަނޑުތަކުން ފެންނަ މަސްމަހާމެހީގެ މަޢުލޫމާތުވެސް ހިމަނަމުންދާނެ ކަމަށް އެ ވެބްސައިޓު ހިންގާ ފަރާތުން ބުނެފައިވެ އެވެ. މި ވެބްސައިޓަކީ ސްކޫލް ދަރިވަރުންނާއި މަސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ހޯދާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއްވެސް ލިބޭނެހެން ފަރުމާ ކޮށްފައިވާ ވެބްސައިޓެކެވެ.

މަސްވެރިން ޑޮޓް އެމްވީގެ އިނގިރޭސި ނޫސްވެސް ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް