23 ދުވަސް ތެރޭގައި ރަސްމާދޫ ބަނދަރުގެ 11 ޕަސެންޓު މަސައްކަތް ނިންމައިފި

ރ. ރަސްމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 11 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހު...

23 Sep 2020 | 05:15

ރ. ރަސްމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 11 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިޔަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 10 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެ އެވެ.

ރަސްމާދޫ ބަނދަރު ތަރައްގީ ކޮށް ނިމޭއިރު 9000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ.

600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެ ރަށުގައި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 21.97 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫ އެ ކުންފުންޏައި ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް