ސުޝާންތު ސިންގް ރާޖްޕުޓްގެ ލޯބިވެރިޔާ ރިއާ ޗަކްރްބަތީގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ރިއާ ހައްޔަރު ކުރީ ސުޝާންތުގެ މަރާއި ގުޅުން ހުރި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ސުޝާންތައް މަސްތުވާތަކެތި ހޯދައިދޭން ރިއާ މަސައްކަތް ކޮށްފައިވާކަން ފުލުހުންނަށް ފަޅާއަރައިގެންނެވެ.
ފުލުހުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ހުށަހެޅުމުން ކޯޓުން ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށް އިތުރުކޮށްދީފައި އެވެ. އަދި ރިއާގެ ފަރާތުން ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި އެވެ.
ރިއާ ހުށަހެޅީ ކަފާލުގެ ދަށުން މިނިވަން ކުރުމަށެވެ.
މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ތަހުގީގުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަަސައްކަތް ކުރި ކަމަށް އެއްބަސްވެފައި އެވެ. އެ މަސައްކަތް ކުރީ އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ މެދުވެރިކޮށް ކަމަށާއި ޝީވިކް އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގަކާއި ގުޅުން ހުރި މީހެއް ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގަ ޝޯވިކް އަދި ސުޝާންތުގެ ހައުސްކީޕިން މެނޭޖަރު ވަނީ ހައްޔަރުކޮށްފައި އެވެ. އަދި ސުޝާންތާއި އެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ރިއާ ބުނާ ބައެއް ތަރިން ފުލުހަށް ހާޒިރު ކުރުމަށް ދަނީ ނޯޓިސް ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް