ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ޅަ އުމުރުގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އެއްބަސްވާ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.
ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލަ މަސްތުވާ ތަކެއްޗާއި ގުޅުވައިގެން ވާހަކަދައްކަމުން ދަނިކޮށް ސުޝާންތުގެ މަރަށް އިންސާފު ހޯދައި ދިނުމުގެ ނަމުގައި އެންމެ ގަދައަށް ވަކާލާތު ކުރާ ކަންގަނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފުރަތަމަ މީޑިއާގައި ވިދާޅުވީ މަހާރާޝްޓްރާގެ ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ ކަންގަނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އޭނާއަށް މަސްތުވާތަކެތި ބޭނުން ކުރަން ބާރު އެޅިކަމަށެވެ.
މިކަމާއި ގުޅިގެން ކަންގަނާ ބުނެފައިވަނީ އެކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މުމްބާއީ ފުލުހުން އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް އެދޭ ކަމަށާއި އޭނާ މަސްތުވާތަކެތި ބޭނުން ކުރި ކަން ސާބިތުކޮށްދެވިއްޖެ ނަމަ ބޮލީވުޑާއި މުމްބާއީ ދޫކޮށް ދާނެ ކަމަށެވެ.
މިގޮތަށް ގަދަބަސް ބުނެފައިވަނިކޮށް މި މަހުގެ 20 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ކަންގަނާ ބުނެފައިވަނީ އޭނާގެ އުމުރުން 15-16 އަހަރުގައި ގެއިން ފިލައިގެން ދާންޖެހުނު ކަމަށެވެ. އަދި އެ ދުވސްތައް ހޭދަ ކުރަން ޖެހުނީ ވަރަށް ހާލުގައި މަރާ ހަނގުރާމަ ކުރަމުން ކަމަށާއި އެ ދުވަސްތަކުގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށެވެ.
ކަންގަނާ ބުނީ އެ ދުވަސްވަރު މަސްތުވާތަކެތި ބޭނުން ކުރި ނަމަވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުއްޓާލާފައިވާ ކަމަށެވެ.
ބޮލީވުޑްގެ 99 ޕަސެންޓު ތަރިން މަސްތާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތު ކުރެވިފައިވާއިރު ބޮލީވުޑަށް އިންޑިއާގެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ސުޝާންތުގެ މަރާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުގެ ތެރެއިން އެތައް ތަރިންނެއް މަސްތުވާތަކެތި ބޭނުން ކުރާކަން ވަނީ ފަޅާ އަރާފައި އެވެ.
އޭގެ ތެރޭގައި ޝްރާއްދާ ކަޕޫރު، ސާރާ އަލީ ހާން، ރިއާ ޗަކްރަބަތީ އަދި ދިޕިކާ ޕަދުކޯން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް