ލޯނު އުސޫލުން މޮރާޓާ ޔުވެންޓަސްއަށް

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފޯވާޑް އަލްވާރޯ މޮރާޓާ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ގުޅިއްޖެއެވެ. މޮރާޓާ އިޓަލީގެ ޗެމްޕިއަން ޔުވެޓަސްއާއި ގުޅުނީ ލޯނެއްގެ ދަށުން މިހާރު ފެށިގެން ކ...

23 Sep 2020 | 03:49

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފޯވާޑް އަލްވާރޯ މޮރާޓާ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ގުޅިއްޖެއެވެ.

މޮރާޓާ އިޓަލީގެ ޗެމްޕިއަން ޔުވެޓަސްއާއި ގުޅުނީ ލޯނެއްގެ ދަށުން މިހާރު ފެށިގެން ކުރިޔަށްދާ އައު ސީޒަނުގެ ނިޔަލަށެވެ.

ރިޕޯޓުތައް ބުނާގޮތުން މޮރާޓާ ޔުވެންޓަސްއަށް ބަދަލުވީ 9 މިލިއަން ޔޫރޯއަށެވެ. އެއީ ޓްރާންސްފާ ފީއަށް 45 މިލިއަން ޔޫރޯ ދެއްކުމަށް ފަހުގައެވެ.

މިހާރު އުމުރުން 27 އަހަރުގެ މޮރާޓާ ވަނީ މީގެ ކުރިންވެސް ޔުވެންޓަސްގައި ދެ ސީޒަން ހޭދަކޮށްފައެވެ. އެގޮތުން ޔުވެންޓަސްގައި އޭނާ ހޭދަކުރި 2 ސީޒަނުގައި ޖުމުލަ 63 މެޗު ކުޅެދީ 15 ގޯލް ކާމިޔާބު ކޮށްފައިވެއެވެ. އަދި ޔުވެންޓަސްއާއި އެކު އިޓާލިއަން ލީގު 2 ފަހަރު ހޯދުމުގެ އިތުރުން 2015 ވަނަ އަހަރު ޔުވެންޓަސްއާއި އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވެއެވެ.

މޮރާޓާ ދެވަނަ ފަހަރަށް ޔުވެންޓަސް އާއި ގުޅުނުއިރު، އޭނާ އެންމެ ފަހުން އެތަލެޓިކޯ މެޑްރިޑްގައި ހޭދަކުރި ސީޒަނުގައި ކުޅުނު 49 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް