ދެ ހަރަމްފުޅާއި އުމްރާގެ ހިދުމަތް އޮކްޓޯބަރު ހަތަރެއްގައި ހުޅުވާލަނީ

މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅުގެ އިތުރުން އުމްރާގެ ހިދުމަތް އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ހުޅުވާލާނެކަން ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ސައޫދ...

23 Sep 2020 | 02:57

މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅުގެ އިތުރުން އުމްރާގެ ހިދުމަތް އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ހުޅުވާލާނެކަން ސައޫދީ އަރަބިއްޔާއިން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސައޫދީ ޕްރެސް އޭޖެންސީންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ދެ ހަރަމްފުޅުގެ އިތުރުން، ސައުދީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މެދުކަނޑާލިއެވެ. ނަމަވެސް މިހާރު މިސްކިތްތައް ވަނީ އަލުން ހުޅުވާފައެވެ.

ސައުދީން ހާމަކޮށްފައިވާގޮތުގައި އުމްރާގެ ހިދުމަތް ފަށަން ނިންމާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އުމްރާގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ އެ ގައުމުގައި ތިބި ފަރާތްތަކަށެވެ. އަދި އެއީ ފުލް ކެޕޭސިޓީގެ 30 އިންސައްތަ މީހުންނަށް ކަމަށާއި ދެވަނަ މަރުހަލާގައި އެ އަދަދު 70 އިންސައްތައަށް އިތުރުކޮށް، އެހެން ގައުމުތަކަށް އުމްރާގެ ހިދުމަތް ހުޅުވާލާނީ ތިންވަނަ މަރުހަލާގައި ކަމަށް ބުނެފައިވެއެވެ.

އުމްރާގެ ހިދުމަތް އަލުން ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު 33 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސައޫދީ އަރަބިއްޔާގައި ކޯވިޑް-19 އަށް މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. 4500 އަށްވުރެ ގިނަ މީހުން އެ ގައުމުން ކޯވިޑުގައި މަރުވެފައިވެއެވެ.

ޕީކުގައި ދުވާލަކު ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް އެ ގައުމުގައި ކޯވިޑު ޖެހެމުންދިޔަ ނަމަވެސް މިހާރު އެ އަދަދު ހުރީ އެވްރެޖްކޮށް 500ގައި ހިފެހެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް