ހޯމް ކަރަންޓީނުގައި ކ. ތުލުސްދޫގައި ހުރި މީހަކު މިއަދު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ހަސަން ހުސެއިން ނަމަކަށް ކިޔާ މީހެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މާލެއިން ރަށަށް ގޮސް މީގެ ތިން ދުވަސްކުރިން ހޯމް ކަރަންޓީނު ފެށި، މި މީހާ މަރުވެފައިވަނީ ހާލު ދެރަވެގެން އެރަށުގެ ސިއްހީ މަރުކަޒުގެ ޑަކުޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ހެނދުނު އޭނާ މަރުވެފައިވާއިރު ކޯވިޑް 19 އަށް ޕޮޒިޓިވްކަން ނުވަތަ ނޫންކަން އެޗްޕީއޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް